ލޮކްޑައުންގައި ވެސް މައުލޫމާތުހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭން އެދިއްޖެ

އިންފޮމޭޝަން ކޮމިޝަނަ ހުސައިން ފިޔާޒު މޫސާ-- ފޮޓޯ/ އަވަސް

މިދުވަސްވަރު ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކޮންމެހެން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅުން ހުރި މަސައްކަތްތައް ހިމެނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މުސާ އެދިވަޑައިގެންފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުވި އާއްމު ސިޓީއެއްގައި ބުނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 11ގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ޤާނޫނުގެ އަސާސީގެ 29 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅުން ހުރި މަސައްކަތްތައް ހިމަނައިދިނުމަށެވެ.

"މިހާރު ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ހާލަތެއްގައި ގޮންޖެހުންތައް ހުންނާނެ އެވެ. ނަމަވެސް، ހެޔޮ ހިންގުމުގެ ނިޒާމެއްގެ އަދި ނަޒާހަތްތެރި ދައުލަތެއްގެ އެންމެ މުހިންމު ސިފައަކީ ހާމަކަން ބޮޑުވުމާއި، މައުލޫމާތު ދިނުމާއި އިދާރާތަކުގައި ހުރި މައުލޫމާތަށް ރައްޔިތުނަށް ވާސިލުވެވުމެވެ.،" އިންފޮމޭޝަން ކޮމިޝަނަރުގެ އާއްމު ސިޓީގައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ މައުލޫމާތުތައް ރައްޔިތުންނަށް ނުލިބޭނަމަ ދައުލަތުން ނިންމާ ނިންމުންތަކާއި ކުރާ ޚަރަދާމެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ކަމަށާއި ހިޔާނާތާއި ފަސާދައިގެން ދޮރުތައް ބަންދު ނުވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ކުއްލި ހާލަތެއްގައި ދައުލަތުގެ އިދާރާތަކަށާއި ވެރިންނަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރު ކަމަށާއި ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތަށް ވާސިލުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ ސިޓީގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.