ރުގުޔާ ކުރުމުގެ ނަމުގައި މީހުންނަށް ގެއްލުންދިން މީހެއްގެ މައްސަލަ ބަލަނީ

ފުލުހުން މައްސަލަ ބަލަމުން އަންނަ ނަސްރުﷲ ---

ރުގިޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަ މީހެއްގެ މައްސަލަ ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިކަމުގެ ތުހުމަތު ކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އަށް ކަމަށެވެ.

އެގޮތުން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން ފުލުހުން ވަނީ ނަސްރުﷲގެ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *