ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 12 މީހުން

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12، ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިން ކަމަށާއި ބާކީ ހުރި މީހާ އަކީ އިންޑިއާ މީހެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،841 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،224އެވެ.

މިއަދު ރާއްޖެއިން ވަނީ މިއަދު ވަނީ 120 މީހަކު ރަނގަޅުވެފައެވެ. އެއާއެކު އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 608 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން މިބަލި ޖެހިގެން މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *