ބަލިން ރަނގަޅުވި މީހުންގެ އަދަދު 608އަށް އަރައިފި

މާފުށި ޖަލުގައި މީގެކުރިން ގައިދީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަން

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ބަލިން 100އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެއެވެ.

އިއްޔެގެ މިހާތަނަށް ބަލިން ރަނގަޅުވި ކަމަށް ހާމަކޮށްފައިވާ މީހުންގެ އަދަދަކީ 488އެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑުން ދައްކާ ގޮތުގައި މިހާރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 608އަށް އަރާފައެވެ. އެހެންކަމުން މިއަދު އެ ބަލިން ވަނީ 120 މީހަކު ރަނގަޅު ވެފައެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް 1،829 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން 1،003 މީހަކަށް ވަނީ މިބަލި ޖެހިފައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. 590 ދިވެހިންނަށް މިބަލި ޖެހިފައިވާއިރު އިންޑިއާގެ ރައްޔިތުންގެ ތެރެއިން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 186އަށް ވަނީ އަރާފައެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 7 މީހަކު މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *