ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި ކޮވިޑް ޖެހިފައިވާ މީހަކު މަރުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި ކޮވިޑް ޖެހިފައިވާ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެމީހާ އަކީ ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި މީހެއް ކަމަށެވެ. މަރުވި މީހާއަކީ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އިއްޔެވެސް ކޮވިޑް19 ޖެހިގެން ވަނީ ރާއްޖެއިން މީހަކު މަރުވެފައެވެ. އެއީ 54 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ ހަތަކަށް އަރާފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 56 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1829 އަށް ވަނީ އަރާފައެވެ. މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ 1333 މީހަކަށެވެ.

ރާއްޖެއިން މިބަލީގައި އިތުރު މީހަކު މަރުވިއިރު ލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 488 އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.