ޝިޔާމްގެ ނަން އިއްވައި، މަޖިލީހުން ނެރެން އުޅުމުން ހަމަނުޖެހުން!

ނާފައިރު ދާއިރާގެ މެމްބަރު ޝިޔާމް މަޖިލިހުގެ ތަޅުމުން ނެރެން އުޅުމުން ހަމަނުޖެހުން ހިންގަނީ

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށުމާއެކު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރެން އުޅުމުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައިފިއެވެ.

ކޮވިޑް19ގެ ނުރައްކަލާ ގުޅިގެން، މެމްބަރުން ގައިދުރުކޮށް، މާސްކް އަޅައިގެން ބޭއްވި ޖަލްސާގައި ހަމަނުޖެހުން ބޮޑުވެ، އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލާފައިވެއެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ޝިޔާމް މަޖިލީހުން ނެރުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. ޝިޔާމް ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް ހާނިކަވެފައިވެއެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް އަނިޔާވި ކަމަށް ރިޔާސަތުގައި އިންނެވި މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *