އިތުރު 56 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރޭ 6:00 އިން މިރޭ 6:00 އަށް ތިން ލެބޯޓަރީއަކުން 979 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ތެރެއިން 56 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1829 އަށް އަރައިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބަންގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރެއިން ފަސް މީހަކީ މީގެ ކުރިން ފެނިފައިވާ ކުލަސްޓާތަކާ ނުގުޅޭ މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 1003 އަށް އަރައިފައެވެ.

މަބްރޫކު ވިދާޅުވީ، މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 35 މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 488 އަށް އަރާފައިވާ ކަމަށެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ ހަ މީހުންނެވެ. އެއީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.